ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.8 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓްމަސްއިން އިއްޔެ ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އެ ޕެކޭޖު ބަލައި ފާސް ކުރިއިރު އޭގެ ތެރެއިން ފެނުނު ހަތަރު ރަބަރު ޕެކެޓެއްގައިި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރުމުން އެތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.040 ގްރާމް ހުރި ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު