އެޕަލްގެ މޫސުމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ކުންފުންޏަށް މިހާރު މައްސަލަތަކެއް ދިމާވެފައިވާތީ އެޕަލްގެ އައިފޯން ބޭނުން ކުރާ ގިނަ ފަރާތްތަކަށް މޫސުމާ ބެހޭ މައުލޫމާތާއި އެކި އެކި ގައުމުތަކާއި ސަރަހައްދުތަކުގެ މޫސުން ލަފާ ކުރާ ގޮތުގެ މައުލޫމާތު ލިބުމުގައި ދަތި ތަކެއް ކުރިމަތި ވެއްޖެވެ. މޫސުމާ ބެހޭ މައުލޫމާތަކީ ކުރިން ވަކި އިދާރާއަކުން ހޯދަން ޖެހޭ މައުލޫމާތެއް ނަމަވެސް މިހާރު ގިނަ މީހުން އެކަން ކުރަނީ އެ މީހުންގެ ފޯނުތަކުންދޭ މޫސުމާ ބެހޭ މައުލޫމާތުގެ އަލީގައެވެ. އެންޑުރޮއިޑް އަދި އައިފޯނުގައިވެސް މޫސުމާ ބެހޭ މައުލޫމާތު ފޯނުން ދައްކައިދޭ ހާއްސަ އެޕްލިކޭޝަނުން އަބަދުވެސް ލައިވްކޮށް މި މައުލޫމާތު ލިބެން ހުރެއެވެ.
އައިފޯނު ތަކަށް ދިމާވި މި މައްސަލަ މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަނީ ފާހަގަ ކުރެވިފައެވެ. އައިފޯން ބޭނުން ކުރާ ގިނަ މީހުންނަށް މި މައްސަލައިގެ ސަބަބުން ސުވާލުތައް އުފެދި އޮޅުންބޮޅުން ވެ އޭގެ އަސަރުކުރާ ކަމަށް ފެންނައިރު، އައިއޯއެސް، އައިޕެޑްއޯއެސް، ވޮޗްއޯއެސް، އަދި މެކްއޯއެސް ފަދަ އެޕަލްގެ ހުރިހާ އުފެއްދުންތަކެއްގައިވެސް މި މައްސަަލަ ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ކަމުން އެޕަލް ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ މި މައްސަލަ ހައްލު ކުރުމަށް އައިފޯން އަދި އެޕަލްގެ ހުރިހާ އުފެއްދުން ތަކެއްގެ އޮޕަރޭޓިން ސިސްޓަމަށް އަވަސް އަޕްޑޭޓަކާއެކު ބަދަލެއް ގެނައުމަށެވެ.
އެޕަލް އިން ބުނާ ގޮތުގައި "ބައެއް ފަރާތްތަކަށް" މި މައްސަލަ މާބޮޑަށް ފާހަގަ ކުރެވިފައިވަނީ އެ ފަރާތްތަކަކީ ދަތުރުފަތުރު ކުރުމާއި އަދި އެނޫންވެސް ކަންކަމުގައި އަބަދުވެސް މޫސުމަށް ސަމާލުކަން ދޭ ބަޔަކަށް ވުމުންނެވެ. އެހެން ނަަަމަވެސް އައިފޯން ބޭނުން ކުރާ ބައެއް ފަރާތްތަކަށް މިއީ މާބޮޑު މައްސަލައެއް ކަމަށް ފާހަގަ އެއް ނުވެއެވެ. ސަބަބަކީ އައިފޯނު ބޭނުން ކުރާ ބައެއް މީހުންނަކީ އައިފޯނު އަދި އެޕަލްގެ އެހެން އުފެއްދުންތަކުން އެއްވެސް ވަރަކަށް މޫސުން ބަލާ ބަޔަކަށް ނުވުމެވެ.
މި މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު އައިސްފައިވާ އިރު އައިފޯނު ބޭނުންކުރާ ގިނަ ބަޔަކު ވަނީ މި މައްސަލަ ޖައްސަން ފަށާފައެވެ. އެގޮތުން ދާދި ފަހުން ނެރުނު އައިއޯއެސް 16.4 އަޕްޑޭޓް ވަނީ ގިނަ ފޯނުތަކަށް އަޅާފައެވެ. އެހެން ކަމުން އައިފޯނުގެ މޫސުމާ ބެހޭ އެޕްލިކޭޝަނާއި މި ނެރުނު އަޕްޑޭޓާ ގުޅުމެއް އެބަ އޮތް ކަމަށް ވެސް އައިފޯނު ބޭނުން ކުރާ ގިނަ މީހުން ދެކެއެވެ. އެހެން ނަމަވެސް އެޕަލް ކުންފުނިން މިކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެއެވެ. އެޕަލް ކުންފުނީގެ އަމަލުތައް އާންމުކޮށް ހުންނާނީ ވެސް އެގޮތަށެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ