މެޓާ ކުންފުނީގެ ރޭ-ބޭން ސްމާޓް އައިނު ބޭނުންކުރާ މީހުން އަމިއްލައަށް އެކްޓިވޭޓް ނުކުރަނީސް، އެ އައިނުން އަމިއްލައަށް އަޑު ރެކޯޑުކުރަމުންދިޔަ މައްސަލައެއް ފާހަގަވުމާ ގުޅިގެން އެކަން ހައްލުކޮށްފިކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ. މި މައްސަލަ ފުރަތަމަ ފެންމަތިވީ ރެޑިޓްގައި އައިނު ބޭނުންކުރާ ބައެއް މީހުން ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ.
އެންޑްރޮއިޑް އޮތޯރިޓީއަށް މެޓާގެ ތަރުޖަމާނަކު ދިން ބަޔާނެއްގައި ބުނި ގޮތުގައި، އައިނުން އަމިއްލައަށް ރެކޯޑުކުރަމުންދިޔަ މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ. ބޭނުންކުރާ މީހުނަށް އެ މީހުންގެ އަޑުގެ ރެކޯޑިންތައް ސެޓިންގްސް މެދުވެރިކޮށް ކޮންމެ ވަގުތަކު ވެސް މެނޭޖްކޮށް، ބަލައި، ޑިލީޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް، މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބާއި، މިއީ ކިހާ އާންމު މައްސަލައެއްކަން މެޓާއިން ހާމަކޮށްފައެއް ނުވެއެވެ.
ނައިންޓުފައިވް ގޫގުލް އަދި އެހެނިހެން ޓެކް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްމާޓް އައިނުގައި ހުންނަ މެޓާ އޭއައި އެކްޓިވޭޓް ކުރުމަށް ބޭނުންކުރާ “ހޭ މެޓާ” ކޮމާންޑް ބޭނުން ނުކުރި ނަމަވެސް، ބައެއް މީހުންގެ އާންމު ވާހަކަތައް އައިނުން ދިޔައީ ރެކޯޑުކުރަމުންނެވެ. ރެކޯޑުކުރާއިރު ދިއްލޭ ހުދު ކުލައިގެ ލައިޓް ދިއްލޭކަން ވެސް ބައެއް މީހުންނަށް ފާހަގަވެފައިވެއެވެ. މީގެ އިތުރުން، އެ މީހުން ނުދެނެހުރި ވާހަކަތަކުގެ އޯޑިއޯއާއި ޓްރާންސްކްރިޕްޓް މެޓާ އޭއައި އެޕްލިކޭޝަންގައި ސޭވްވެފައި ހުރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މެޓާއިން މި މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބުނި ނަމަވެސް، މައްސަލައިގެ އަސްލު ސަބަބު ހާމަ ނުކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ ސްމާޓް އައިނުގެ ޕްރައިވެސީއާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް އިތުރުވި ބޮޅެއް ކަމަށް ވެސް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
މެޓާ
މެޓާ
މެޓާ
މެޓާ
ކޮމެންޓް