ޚަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި މީހާގެ ހާލު ސީރިއަސް

ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ ފޭސް ދޭއް، ނިރޮޅު މަގުގައި ކާރަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓު ވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި މީހާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން، އޭނާ އޭޑީކޭއަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.