އެޕަލް ކުންފުނީގެ ވިޔަފާރީ އިންޑިއާގައި ރަސްމީކޮށް ފަށައި، އެގައުމުގައި އެޕަލްގެ ރީޓެއިލް ފިހާރައެއް ހުޅުވައިފިއެވެ.
މީގެ ކުރިން އެޕަލްގެ އުފެއްދުންތައް އިންޑިޔާގައި ވިއްކަމުން ދިޔައީ ދެވަނަ ފަރާތެއް މެދުވެރިކޮށެވެ. އިންޑިއާގައި ހުޅުވި ފުރަތަމަ އެޕަލް ކުންފުނީގެ ފިހާރަ މުމްބާއި ސިޓީގައި އިއްޔެ ވަނީ ހުޅުވައިފައެވެ. އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އެޕަލް ކުންފުނީގެ ޗީފް އެގްޒެކްޓިވް ޓިމް ކުކްއެވެ.
މި ފިހާރަ ހުޅުވުމަށް ކުކް އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ ގިނަ ފަންނާނުންނާ އެކު ދަނީ ބައްދަލުކުރައްވައި، މަގުތު ހޭދަކުރައްވަމުންނެވެ. އަދި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ކަސްޓަމަރުންނާ އެކު ސެލްފީ ނެންގެވުމަށް ޓިމް ކުކް އުޅުއްވި މަންޒަރުތަކާއި ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ.
މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު އެޕަލްގެ ދެވަނަ ފިހާރަ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ފިހާރަތައް ހުޅުވުމާ އެކު މިހާތަނަށް އިންޑިއާގައި އެޕަލްގެ އުފެއްދުންތައް ވިއްކަމުންގެންދިޔަ އޮންލައިން ވިޔަފާރީގެ އިތުރުން ސީދާ ފިހާރައަށް ގޮސް ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މީގެ ކުރިން އިންޑިޔާގައި ހުރި އެޕަލް ކުންފުނީގެ ހުއްދަ ލިބިގެން ހިންގާ ރީސެލް ކުރާ ފިހާރަ ތަކެކެވެ.
ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު ވިޔަފާރީގެ މަރުކަޒުގެ ގޮތުގައިބެލެވޭ އިންޑިޔާގައި އެޕަލްގެ އުފެއްދުންތައް ސީދާ އެ ކުންފުނީގެ ފިހާރަތަކަށް ގޮސް ގަނެވޭނެ ފުރުސަތު ލިބިގެން ދިޔަ އިރު، މިދިޔަ އަހަރުން ފެށިގެން އެޕަލް އައިފޯނު އުފައްދާ ފެކްޓަރީތައްވެސް ވަނީ އިންޑިޔާގައި ހިންގަން ފަށައިފައެވެ. އެޕަލްއިން މަސައްކަތް ކުރަމުން ދަނީ އިންޑިއާގައި އެ ކުންފުނީގެ ރީޓެއިލް ވިޔަފާރި ފުޅާ ކުރުމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެޕަލް ކުންފުނީގެ ފިހާރަތަކަކީ އެ ގައުމެއްގެ ސަގާފަތާއި އާދަކާދަތައް އެކުލެވޭ ޖާގައިގެ ގޮތުން ތަނަވަސް ފިހާރަ ތަކެކެވެ. އެގޮތުން އިންޑިޔާގައި ހުޅުވި ފިހާރައިގެ ޑިޒައިން ފަރުމާކޮށްފައި ވަނީ މުމްބާއީ ސިޓީގެ ތެރެއިން ފެންނަ ކަޅާއި ރީނދޫ ކުލައިގެ ޓެކްސީ ކާރުތައް ރަމްޒުކޮށްދޭ ފަދަ ގޮތަކަށެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ