އިޓަލީގެ ރޯމްގައި ހިނގި ކާރު އެކްސިޑެންޓެއްގައި އެގައުމުގެ ގައުމީ ޓީމުގެ ލާޒިއޯ ފޯވަޑް، ސީރޯ އިމޯބިލޭއަށް ބޮޑެތި އަނިތާކެއް ވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި ހިނގި އެކްސިޑެންޓުގެ މަންޒަރުތައް ފެންނަ ގޮތުގައި އިމޯބިލޭގެ ކާރު ޖެހިފައި ވަނީ ރޯމްގެ މަގުތަކުގައި އޮޕަރޭޓްކުރާ ސްޓްރީޓް ކާރު ވިއުގައިގެ، ޓްރޭމްއެއްގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެކްސިޑެންޓްގައި އިމޯބިލޭގެ ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އޭރު ކާރުގައި ދަރިންވެސް ތިބި ކަމަށް ހަބަރުތައް ބުނެއެވެ.
އިޓަލީގެ ނޫސްވެރިޔަކު ބުނެފައިވާ ގޮތުގައި އިމޯބިލޭގެ ކާރު ޓްރޭމްގައި ޖެހެން ދިމާވި މައިގަނޑު ސަބަބަނީ ޓްރެފިކް ލައިޓަށް ނުބަލައި އިމޯބިލޭ ދުއްވާފައިވާތީއެވެ.
އުމުރުން 33 އަހަރުގެ އިމޯބިލޭ، ލާޒިއޯއިން މިހަފުތާ އިޓަލީ ލީގުގައި ކުޅުނު މެޗުގައި ގޯލުވެސް ޖަހާފައިވާ އިރު، އޭނާ އެމެޗުގައި ގޯލު ޖެހީ ގިނަ ދުވަސްތަކެއްވަންދެން ގޯލެއް ނުޖެހި ހުރުމަށްފަހުއެވެ. އިމޯބިލޭ ވަނީ ދާދިފަހުން އަނިޔާގެ މައްސަލަތަކާ ކުރިމަތިލައިފައެވެ.
ލާޒިއޯއިން ނެރުނު ބަޔާނެއްގައި ބުނީ އެކްސިޑެންޓްގައި އިމޯބިލޭގެ މައިބަދައަށްވެސް އަނިޔާވެފައިވާ ކަމަށާއި މޭކަށިގަނޑުގެ ބައެއް ހިސާބުތަކުން ރެނދުލާފައިވެސް ވާ ކަމަށެވެ. އެ އަނިޔާތަކާއެކުވެސް ފުރާނައަށް ނުރައްކާވާނެ އަނިޔާއެއް އިމޯބިލޭއަށް ލިބިފައިނުވާ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.
އިޓަލީއާއެކު ޔޫރޯ 2020 ކާމިޔާބުކުރި އިމޯބިލޭ ވަނީ އެގައުމުގެ ގައުމީ ޓީމަށް ކުޅުނު 55 މެޗުން 15 ގޯލު ޖަހައިފައެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް