މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ތިން މީހުން ތިބެގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ހާނިއްކަވި ފަސް މީހުންގެ ތެރެއިން ހާލު ދެރަވެ ވެންޓިލޭޓަރަށްލީ ދެ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގައިފިއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވެގެން ވެންޓިލޭޓަރަށް ލީ ދެ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށެވެ.
"ވެންޓިލޭޓަރުން ނެގި މީހާއަށް ފަރުވާދެމުން އަންނަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި. އަނެއް ދެ މީހުން ވަނީ ވޯޑަށް ލައްފައި." އޮފިޝަލު ވިދާޅުވިއެވެ.
އެ އެކްސިޑެންޓުގައި ދެން އަނިޔާވި މީހާ ފަރުވާއަށް ފަހު މި ހަފްތާގެ ތެރޭގައި ދޫކޮށްލުމުން އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިރުމަތީގެ، ލ. މާމެންދޫ މުހައްމަދު ސައިފް 27އ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި، ތިން މީހުން ތިބި ސައިކަލު ދުއްވަން އިނީ ސައިފް ކަމަށެވެ.
އެ އެކްސިޑެންޓު ހިނގި އިރު ސައިކަލުގައި، ގިނަ ކުށްތަކެއްގެ ރެކޯޑް އޮންނަ އަދި ބަންދު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލާފައިވާ ހ. ލާމިޔާ، އަހްމަދު އުވެއިސް ވެސް އިނެވެ.
ކުރިމިނަލް ކޯޓުން މި މަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ ބަންދު ކޯޓު އަމުރުގައިވާ ގޮތުން، އަހްމަދު އުވެއިސް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ. އެގޮތުން އެދުވަހު އޭނާ ވަނީ 15 ދުވަހަށް ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ މި މަހުގެ 16 އަށެވެ.
އޭނާ ބަންދުން ދޫކޮށްލާފައިވާ މައްސަލައާ ގުޅިގެން "ވަން" އިން ފުލުހުންނާ ސުވާލު ކުރުމުން ބުނެފައިވަނީ، ބަންދު މުއްދަތުގެ ކުރިން އޭނާ ދޫކޮށްލާފައިވަނީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ ބައި ނިމިފައިވާތީ ކަމަށެވެ. އެގޮތުން އޭނާ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަމަށެވެ.
ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގައި ޖުމުލަ ފަސް މީހަކަށް އަނިޔާވިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިލަކަލެއްގައި ފުލުހުންނަށް ފިލަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.
އަލީ ޔާމިން
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ކޮމެންޓް