ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެއަށް އައި އިންޑިއާ އަންހެނެއްގެ އަތުން 5.380 ކިލޯގެ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައިވަނީ އިއްޔެ އިތިއޯޕިއާއިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ޕަސިންޖަރަކު ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތް ދަބަހުންނާއި ލަގެޖުން ކަމަށެވެ. އެގޮތުން އަތްދަބަހުން އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް އަދި ލަގެޖުން ފެނުނު ތަކެތި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ އެ އަންހެންމީހާގެ އަތްދަބަހާއި ލަގެޖުގައި ރައްކާކޮށްފައި ހުރި 1.180 ކިލޯގެ ކޮކެއިން އާއި 4.2 ކިލޯގެ ހެރޮއިންއާއެކު މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 5.380 ކިލޯ ހުރި ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.
މައްސަލައިގައި ޝާމިލުވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު