ސިނަމާލެ ބްރިޖުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ރޭ ބުނީ ބްރިޖު ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ ރޭ 11:33 ހާއިރެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވެފައިވަނީ 47 އަހަރާއި 31 އަހަރާއި 43 އަހަރުގެ ފިރިހެނުންނަށް ކަމަށެވެ. އެ ހާދިސާގައި އަނިޔާވި އެކަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ އިރު، އަނެއް ދެ މީހުންނަށް ފަރުވާދެމުންދަނީ ސެނަހިޔާގައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު