މާދަމާއިން ފެށިގެން ހިޔާ ފުލެޓް ސަރަހައްދު ރޫޓުން ސްކޫލް ކުދިންނަށް ހާއްސަ ބަސް ދަތުރެއް ބާއްވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިރޭ ބުނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ރޫޓް7 އަދި ރޫޓް8 ގައި ހެނދުނު 8:05 ގައި ނައްޓާލާ ބަހެއް އޮންނާނެ ކަމަށާއި މި ބަސް ހެނދުނު 7:50 އިން ފެށިގެން، ހުޅުމާލެ ހިޔާ ފްލެޓް ސަރަޙައްދުގެ ބަސް ސްޓޮޕް އެކެއްގައި އޮންނާނެ ކަމަށެވެ.
އެ ބަހުގައި ކޮންމެ ދަރިވަރަކާއެކު އެއް ބެލެނިވެރިއަކަށް ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އާރް ތިނެއްގައިވެސް ސްކޫލް ކުދިންނަށް ހާއްސަ ބަހެއް އޮންނާނެ ކަމަށާއި އެ ބަސްތައް ދަތުރު ކުރާނީ ހުޅުމާލެ ފޭސް ދޭކުން، ސިންތެޓިކް ޓްރެކް ބަސް ސްޓޮޕަށާއި އަމިން އެވެނިއު ސްޓޮޕް އަދި ފުލެޓް 120 ސްޓޮޕަށް ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު