ހެންވޭރުގައި ހުރި އެމްއެމްއައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އޮފީހެއް ފަޅާލައި އެތަނުން 700،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ދިރިއުޅޭތަން ބަލާފާސްކޮށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
އޭނާ ބަންދުކުރަން ކުރި އަމުރުގައި ބުނެފައިވަނީ، އޭނާއަށް ކުރާ ތުހުމަތުތައް ކޮންމެވެސް ވަރަކަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ހުށަހެޅި މީހާގެ ސިޓީއާއި ފިންގާ ޕްރިންޓް އައިޑެންޓިފިކޭޝަން ނޯޓިސްއާއި އެ އޮފީހުގެ ސީސީޓިވީ ފޮޓޯތަކުން އޭނާ އެ އޮފީހަށް ވަދެ ވައްކަންކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
އެ އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ގިނަ އަދަދަކަށް ބަންދުގެ ރެކޯޑާއި ވައްކަންކުރުމުގެ ރެކޯޑު އޮތް މީހެއް ކަމުން އޭނާ ދޫކޮށްލައިފިނަމަ އެކަން ތަކުރާރުވެ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެތީ ބަންދުގައި ބަހައްޓަން ނިންމީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު