ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު (ޝިއްޕެ) އެ މަގާމުން މިއަދު ވަކިކުރައްވައިފިއެވެ.

އެކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މިއުވާން ވިދާޅުވީ، ވެރިކަން ކުރާ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިފާޒު މަގާމުން ވަކިކުރެއްވީ ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"ގައި އިސްކޮށް އުޅުއްވާ ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ 22 ނޮވެމްބަރު 2018 ގައެވެ.