މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އަދަދަކީ މިދިޔަ އަހަރާ އަޅައި ބަލާއިރު 22 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ.
ޑރ. މައުސޫމް އާންމު ކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން 2022 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހު ނުވަތަ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 400،000 އެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އިތުރަށް 150،000 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ރާއްޖެއަށް 170،000 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.
- ރަޝިއާ - 69،590
- އިންޑިއާ - 52،734
- އިނގިރޭސިވިލާތް - 45،545
- އިޓަލީ - 43،869
- ޖާމަނީ - 34،516
- ފްރާންސް - 21،339
- އެމެރިކާ - 20،218
- ޗައިނާ - 15،378
- ސުވިޒަލޭންޑް - 11،597
- ޕޮލެންޑް - 8،890
ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ރާއްޖެއަށް 6،500 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އަދި މިމަހު އެވްރެޖުކޮށް 5،500 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އެ ފަތުރުވެރިން ވަނީ ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަހަށް މަޑުކޮށްފައެވެ.
ފަތުރުވެރިކަމުން ދާއިރާއިން މިއަހަރު ލިބުނު ކާމިޔާބީއަކީ އެ ދާއިރާގެ ހުރިހާ މީހުން ކުރި ބުރަ މަސައްކަތުން ހާސިލުވި ކާމިޔާބީއެއް ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި