Close
ޚަބަރު

ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެ، ހައްލުކުރަން 3 ގަޑިއިރު ނަގާނެ!

ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ހިޔާގެ ބައެއް ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ހިޔާގެ ބައެއް ފްލެޓްތަކުން ކަރަންޓް ކެނޑިފައިވަނީ މިއަދު ހަވީރު 5:20 ހާއިރެވެ.

އެޗްޑީސީން ބުނީ ހިޔާގެ އެޗް1 އިން ފެށިގެން އެޗް8 ގެ ހުރިހާ ފްލެޓްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑިފައިވާތީ، ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާ ކަމަށެވެ.

"މިކަމުގެ ސަބަބުން ފުލެޓުގައި ދިރިއުޅޭމުންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ،" އެޗްޑީސީން ބުންޏެވެ.

ސްޓެލްކޯއިން މިއަދު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

"ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއާ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. މި މަސައްކަތަށް ތިން ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.