ފްރާންސް ގައުމީ ޓީމުގެ ކެޕްޓަނަކަށް ރަސްމީކޮށް ކިލިއަން އެމްބާޕޭ ހަމަޖައްސައިފިއެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ ކެޕްޓަނަށް ހަމަޖައްސާފައި ވަނީ އެޓީމުގެ ކެޕްޓަނުގެ މަގާމުގައި ހުރި ހޫގޯ ލޮރިސް މިދިޔަ ޖެނުއަރީ މަހު ރިޓަޔާކޮށްފައިވުމާއެކުގައެވެ. ލޮރިސް ރިޓަޔާކުރުމުން ވަގުތީ ގޮތުން ކެޕްޓަން ބޭންޑާ ހަވާލުވެ ހުރީ ޑިފެންޑަރު ރަފޭލް ވަރާން ނަމަވެސް، އޭނާވެސް ވަނީ މިހާރު ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ.
ފްރާންސްގެ ގައުމީ ޓީމު ޖާޒީގައި އެމްބާޕޭ ފުރަތަމަ މެޗެއް ކުޅެފައި ވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް 66 މެޗު ގައުމީ ޓީމަށް އެމްބާޕޭ ކުޅެދީފައިވާއިރު، 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެފަހަރު މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް އެމްބާޕޭ ހޮވުނު އިރު، މިދިޔަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައިވެސް އެމްބާޕޭ ވަނީ ފްރާންސަށް ހެޓްރިކް ހަދައިދީފައެވެ. އެ ވޯލްޑް ކަޕްގެ ރަން ބޫޓުވެސް ހޯދީ އެމްބާޕޭއެވެ.
ފްރާންސްގެ ކެޕްޓަނަކަށް އެމްބާޕޭ ހަމަޖެއްސި ކަމަށް އިއުލާނުކޮށް ކޯޗު ޑިޑިއޭ ޑިޝޭމްސްޕް ބުނީ އެމްބާޕޭއަކީ ކެޕްޓަނެއްގެ ހުރިހާ ސިފަތަކެއް ހުރި ކުޅުންތެރިއެއް ކަމަށާއި، ކެޕްޓަނެއްގެ ޒިންމާ އޭނާއަށް ފުރިހަމައަށް ނެގޭނެ ކަމަށެވެ.
ފްރާންސްގެ ކެޕްޓަނަކަށް އެމްބާޕޭ ހަމަޖައްސާފައިވާ އިރު، ޑިޝޭމްސް ބުނީ މިހާރު ވައިސް ކެޕްޓަނަކީ އެންޓޮއިން ގްރީޒްމަން ކަމަށެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ