ހުޅުމާލޭގައި ހަދާފައިވާ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތަށް 600 ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ދެވަނަ ފިޔަވަހީގެ މި މިސްކިތަކީ 50 ފޫޓު 90 ފޫޓު އެކްސްޓެންޝަންގެ މިސްކިތެއް ކަމަށެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން މިސްކިތުގެ ޖާގަ އިތުރުކުރެވިގެންދާނެ ކަމަށެވެ.
މަސްޖިދު އުސްމާން ބިން އައްފާން ހުޅުވާފައިވަނީ މިދިޔަ އަަހަރުގެ އޭޕްރިލް މަހުގައެވެ. މި މިސްކިތް ހުޅުވި އިރު، މި މިސްކިތުގެ ޖާގަ އަކީ 600 ޖާގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެ މިސްކިތަށް އިތުރުކުރާ ބަޔާ އެކު، އެ މިސްކިތުގައި އަންހެނުން ނަމާދުކުރަން ހާއްސަކޮށްފައިވާ ޖާގަ ވެސް އިތުރުވެގެންދާނެ ކަމަށެވެ.
ހިޔާ ސަރަހައްދުގައި ޖާގަ ބޮޑު މިސްކިތެއް އެޅުމަށް 30،655 އަކަފޫޓުގެ ބިމެއް އެޗްޑީސީން ވަނީ އިސްލާމިކް މިނިސްޓްރީއަށް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު