Close
ޚަބަރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ، މި މަގާމަކީ ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވާ އެ ކޯޓުގައި މަސައްކަތް ކުރަމުން އަންނަ ފަނޑިޔާރުންނަށް ހުޅުވާލައިފައިވާ ފުރުސަތެކެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވައިލީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 12:00 ނިޔަލަށެވެ.

އެ މަގާމުގެ އަސާސީ މުސާރައަކީ 31,000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވީ އަހުމަދު ޝަކީލް ހައިކޯޓުގެ ގާޒީ ކަމަށް އައްޔަނުކުރެއްވުމަށް ޖޭއެސްސީން ނިންމެވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ކްރިމިނަލް ކޯޓު ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ގާޒީ އާދަމް މުހައްމަދާއެވެ.