ޚަބަރު

ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

1

ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ޅ.ކުރެންދޫގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.

މިިންސްޓަރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ އަގަކީ ނުވަދިހަ ފަސް މިލިއަން ރުފިޔާއެވެ.

ޕްލޭމިން މިނިސްޓްރީން ބުނީ މި އިމާރާތަކީ ދެ ލިފުޓު ހިމެނޭހެން 50 އެޕާޓްމެންޓުގެ މައްޗަށް އެކުލެވޭ އިމާރާތެއް ކަމަށެވެ. މި އިމާރާތުގައި ތިރީގައި ވިޔަފާރިއަށް ހާއްސަ ބަޔަކާއި ބިލްޑިންގް ސާވިސް އޭރިއާއެއް ހިމެނޭގޮތަށް 1000 އަކަފޫޓު ހިމެނޭނެ ކަމަށެވެ. ކޮންމެ އެޕާޓްމެންޓެއްގައިވެސް ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރު ރޫމެއް ހުންނާނެކަމަށެވެ.

މި މަޝްރޫއުގެ ދަށުން، އެ ޔުނިޓުތަކުގެ ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން މަގު ބައްތި ހަރުކޮށް އަލިކުރާނެ ކަމަށާއި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްވެސް ގާއިމު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.