Close
ޚަބަރު

އއ އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

އއ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އއ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު މިއަދު 10:31 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގެނބިފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ 65 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.