މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައިން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 417،070 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 24.9 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް ގޮސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުގެ އެއްވަނަ މާކެޓް، އިންޑިއާއިންނެވެ. އެ ގައުމުން އަހަރުގެ މިހާތަނަށް 45,438 ޓޫރިސްޓުން އައިސްފައިވެ އެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ 5 ގައުމު:
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،060 ޓޫރިސްޓުން އަންނަމުންދެއެވެ. އަދި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން 7.8 ދުވަހު މަޑުކުރެއެވެ.