ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް އެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ ކޮއްކު ހުސައިން ރިޒާ ހަމަޖައްސައިފިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
އެ ދާއިރާގެ ބައި-އިލެކްޝަންސް ބާއްވަން ނިންމާފައިވަނީ އޭޕްރީލް މަހުގެ 15 ގައެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޓިކެޓަށް ވާދަކުރުމަށް ޕީޕީއެމުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ ހުސައިން ރިޒާ އެކަނި ކަމަށެވެ.
ހުސައިން ރިޒާއަކީ ގިނަ ދުވަސްތަކެއް ވަންދެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު