ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުުދުލްގައްޔޫމަށް ހުކުމް އިއްވެވި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން އެ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ނިންމީ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އޭނާއާ އިންޓަވިއުކުރުމަށްފަހު، އެ މަގާމަށް އައްޔަންކުރަން ކޮމިޝަނަށް ލަފާއެރުވުމުން ކަމަށެވެ.
23 މާޗު 2003 ގައި ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި، ޝަކީލަކީ ގާނޫނީ ދާއިރާއިން ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލުކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާއިރު، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި ޝަކީލް މަސައްކަތް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު