ޚަބަރު

ވައިކަރަދޫ ބައި-އިލެކްޝަން: ކައުންސިލްގެ އަންހެން ގޮނޑި އެމްޑީޕީއަށް، ޑަބްލިޔުޑީސީ އަދާލަތަށް

ހދ. ވައިކަރަދޫ ކައުންސިލްގެ އަންހެން މެމްބަރު އިންތިހާބު ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރި އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި އަދާލަތު ޕާޓީގެ ކެނޑިޑޭޓު ކާމިޔާބުކޮށްފިއެވެ.

އެ ދެ އިންތިހާބުގައި ވާދަކުރީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ކެނޑިޑޭޓުންނެވެ.

ކައުންސިލްގެ އަންހެނުންގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ފާތިމަތު ޝިޒްނާ ކާމިޔާބު ކުރީ 283 ވޯޓުންނެވެ. އަދާލަތު ޕާޓީގެ ކެނޑިޑޭޓް ފާތިމަތު ނަޒްލާ އަށް ލިބުނީ 258 ވޯޓެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި އަދާލަތުގެ ފާތިމަތު ޒުނައިނާ ކާމިޔާބު ކުރީ 376 ވޯޓުންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ރަމްޒިއްޔާ އިބްރާހިމަށް ލިބުނީ 163 ވޯޓެވެ.