ހަށިވިއްކުމުގެ މައްސަލައެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ހަށިވިއްކާކަމުގެ ތުހުމަތަށް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓްހައުސް ބަލައި ފާސްކޮށް ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ. އެ ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަންމުން ދަނިކޮށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ކޯޓުން ވަނީ 43 އަހަރުގެ ފިރިހެން ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް އަދި ބިދޭސީ ދެ އަންހެނުންގެ ބަންދަށް އެއް ދުވަސް ޖަހާފައި ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު