އަންނަ މަހަށް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަން އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެ އެވެ.
- ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5143
- ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
- ހުސައިން އަމްރު، ވ. ރޯޝަން
- ސޮފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ
ބްރޯޑްކޮމްގެ މެންބަރަކު އިސްތިއުނާ ދިނުމާގުޅިގެން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިްޔާ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ނަން، ދިރާސާކޮށް އޭގެ ތެރެއިން ތިން ބޭފުޅަކަށް ކޮމިޓީން ރުހުންދީ މިހާރުވެސް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު