މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެންބަރުކަމުގެ، މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ފަސް ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވި ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކަށް އެ ކޮމިޓީން ރުހުން ދީފިއެވެ.
- އައިމިނަތު ނުޒުހާ ރިވޯޑޫ ހއ. ހޯރަފުށި
- ހުސެއިން އަމްރު ވ. ރޯޝަން
- ޝާން ސޯލިހު މުހައްމަދު ފިނިވާދީ ދ. ކުޑަހުވަދޫ
- މަރިޔަމް ނަރީމާން ޝަރީފް މުޝްތަރީގެ ގދ. ތިނަދޫ
- މަރިޔަމް މުނާ ބޯގަންވިލާ ސ. ފޭދޫ
- އައިމިނަތު ނުޒުހާ ރިވޯޑޫ ހއ. ހޯރަފުށި
- ހުސެއިން އަމްރު ވ. ރޯޝަން
- މަރިޔަމް ނަރީމާން ޝަރީފް މުޝްތަރީގެ ގދ. ތިނަދޫ
ބްރޯޑްކޮމުގެ މެންބަރުގެ މަގާމެއް ހުސްވީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެހެންކަމުން ކޮމިޓީން ރުހުންދިން ތިން ބޭފުޅުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރާނީ އެންމެ މެންބަރެކެވެ.
އެ ބޭފުޅަކު ފާސްކުރާނީ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުން، މަޖިލިސް ތަޅުމުގައި ވޯޓު ނަގައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު