މާލޭގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެމައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
އަލަމްގީރާ އެކު އެއްޖިންސުން ބަޔަކު ޖިންސީ ގުޅުން ހިންގި ވީޑިއޯތަކެއް މިދިޔަ އަހަރު ލީކު ވުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރިއެވެ.
ނަމަަވެސް ދައުވާކުރަން ބޭނުންވާ ވަރަށް ހެކި ނެތިގެން ގިނަ ބަޔަކު ދޫކޮށްލިއެވެ.
އެ މައްސަލައިގައި ދައުވާ ކުރީ އަލަމްގީރު ހިމެނޭގޮތުން ހަތަރު މީހެއްގެ މައްޗަށެވެ. ނަޝީދުގެ އިތުރުން ދެން އެމީހުންގެ ތެރޭގައި ހިމެނެނީ، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއުއެވެ.
އޭގެ ތެރެއިން ނާޒިމް ސައްތާރުގެ މައްޗަށް ދައުވާކޮށް އޭނާގެ މައްޗަށް ހުކުމް ކުރި، ތިން މަހާއި 26 ދުވަހުގެ ގޭބަންދު ކުރުމުގެ ހުކުމުގެ މުއްދަތު ހަމަކޮށް، އޭނާ ވަނީ މިނިވަން ވެފައެވެ.
ނަމަވެސް ނަޝީދުގެ މައްސަލަ އަދި ދަނީ ކުރިއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު