ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ފަތިހު އައި ދެ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 37،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ތުރުކީގެ ޑީޒާސްޓާ އެންޑް އެމަޖެންސީ މެނޭޖުމެންޓް ޕްރެޒިޑެންސީ (އޭއެފްއޭޑީ) އިން ބުނީ ބިން ހެލުމުގައި ތުރުކީން 31,974 މީހުން މަރުވެފައިވާ ކަމަށެވެ. ބިން ހެލުމުގެ ސަބަބުން ސީރިއާއިން މަރުވި މީހުންގެ އަދަދު 5,800 އަށްވުރެ ގިނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
ޔުނައިޑެޓް ނޭޝަންސް (ޔޫއެން) އިން ބުނީ 5.3 މިލިއަން މީހުން ބިން ހެލުމުގެ ސަބަބުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާ ކަމަށާއި 900،000 ލައްކާ ގާތްކުރާ އަދަދެއްގެ މީހުން ކާބޯތަކެއްޗަށް ޖެހިފައިވާ ކަމަށެވެ. ޔޫއެންއިން ގެންދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވީ ބިން ހެލުމުގެ ސަބަބުން ވެއްޓުނު އިމާރަތްތަކުގެ ދަށުވި 80،000 އަށްވުރެ ގިނަ މީހުން ސާޗް އެންޑް ރެސްކިޔު ޓީމުތަކުން މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށެވެ.
އުރުދުޣާން ވަނީ އެ ގައުމުގައި ގައުމީ ހިތާމައިގެ ހަތް ދުވަސް އިއުލާންކުރައްވައިފައެވެ. އަދި އުރުދުޣާން ވަނީ ތިން މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ. އެއީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސިޓީތަކެވެ.
އޮލިޖަކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބިންހެލުމާ ގުޅިގެން އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ
ބިންހެލުމާ ގުޅިގެން ގައުމުތަކުން ދަނީ ތުރުކީ އާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ. ބައެއް ގައުމުތަކުން ވަނީ ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ފްރޭންސިސް ޑެލްމާސް ވިދާޅުވެފައިވަނީ ސީރިއާއަށް 13 މިލިއަން ޕައުންޑްގެ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހީ ފޮނުވަން ނިންމާފައިވަނީ ސީރިއާގެ ސަރުކާރު މެދުވެރިނުކޮށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ