އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އަންނަ ހުކުރު ދުވަހުގެ ރޭ ހަވާލުކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ޓިކްޓު ރައީސަށް އެރުވުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކާނިވާ ހޯދުމުގެ ހުއްދައަށް ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.
އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ، އެމަނިކުފާނުގެ "ފިކުރެއްގެ ދިރުމަށް" ތާއީދު ހޯދުމުގެ މަސައްކަތް ފަށްޓަވައިފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި "ފިކުރެއްގެ ދިރުމުން" ތާއީދުކުރާނެ ކެންޑިޑޭޓަކު ދައްކާނީ ފަހުންނެވެ. ނަމަވެސް ބަރުލަމާނީއަށް ރާއްޖޭގެ ވެރިކަން ފުރޮޅާލަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު