ޑްރަގް އެތެރެކުރާ ބިދޭސީން އަނބުރާ ފޮނުވާލެވޭގޮތަށް އޮތް، "ވައިގެ މަގުން ދިވެހި ރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމުކުރާނެ ގޮތުގެ ގަވާއިދު" އަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފިއެވެ.
ޑްރަގް ގެންނަ ބިދޭސީ އަނބުރާ ފޮނުވާލެވޭގޮތަށް ގަވާއިދުގައި ހިމެނޭބައި އުނިކޮށް، ގަވާއިދު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައގެ ބަހުސްގައި ގާސިމް ވިދާޅުވީ، ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ.
"ގާނޫނުއަސާސީ އާއި ގާނުނާ ހިލާފަށް އެއްވެސް ގަވާއިދެއް ނެހެދޭނެ އަދި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް މީހަކަށް ގަވާއިދެއް ނެހެދޭ ތަނުގައި އަދި އޭގެ އިތުރަށް ކުރާ އަމުރަކަށްވެސް ތަބާވާކަށް ވެސް ނުޖެހޭނެ، އެއީ ކޮންމެ ވެރިޔަކު ކުރިއަސްވެސް، އެހެންވީމަ މި މައްސަލައިގެ ބޮޑުކަން އެބަ އެނގޭ ވަރަށް ސާފުކޮށް ކޮންމެވެސް ދިމާލަކުން ކޮންމެވެސް ބަޔަލު މިއުޅެނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިގެންކަން ނުވަތަ ގާނޫނުތަކުގެ ބާރުވެސް ކަޑުވާލައިގެންކަން"
އެހެންކަމުން އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ކޮންމެ ބަޔަކު ކުރިނަމަވެސް ވެރިކަމުގެ ބާރު ހިންގުމުގެ ބާރަކީ ގާނޫނާއި ގާނޫނުއަސާސީގެ ތެރެއިން ލިބިގެންވާ ބާރެއް ކަމަށާއި، ގާނޫނުގައި ނުވަތަ ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ކަމަކާ ހިލާފަށް އެއްވެސް ގަވާއިދެއް ނެހެދޭނެކަމަށް ގާނޫނުއަސާސީ އާއި ގާނޫނުގައި ވަަރަށް ސާފުކޮށް ބުނެފަ އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން އެއީ ބާތިލު އެއްޗެއް، އެހެންވީމާ އެކަން ކުރި ބަޔަކުވެސް ގޯސް އަނެއްކާ އެކަމަށް އަމުރުކުރި ބަޔަކުވެސް ގޯސް، މިބާވަތުގެ ކަންކަން މުޖުތަމައެއްގައި ހިނގާ ކަމަށް ވަންޏާ އެތަނެއްގެ ހަލާކު އޮންނާނީ ވަަރަށް ކައިރީގައި، ނުވަތަ ހަލާކުވެފަ އެއޮތީ، އެހެންކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން ވިސްނަން މިޖެހެނީ ކިހިނެއްތޯ ދެން ހަދަންވީ، ހަދާންވީ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ ވަރަށް ސާފުކޮށް، ގާނޫނުގައި ބުނެފަ އޮންނާނެ ގާނޫނުއަސާސީގައިވެސް ބުނެފަ އޮންނާނެ،" ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު