ގްރޫޕް މާރާމާރީތައް އިތުރުވެފައިވާއިރު ހެންވޭރު އަސްރަފީ މަގުގައި ރޭވެސް މާރާމާރީއެއް ހިންގައިފިއެވެ،
ފުލުހުން މިއަދު ބުނީ، އެ މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 3:00 ހާއިރު ކަމަށާއި އެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.
ހެންވޭރުގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލިއިރު، ރޭ ދަންވަރު 2:45 ހާއިރު ވަނީ މާފަންނުގައިވެސް މާރާމާރީއެއް ހިންގައިފައެވެ. އެ މާރާމާރީ ހިންގީ ދެ މީހެއްގެ ދެމެދުގައެވެ. ނަމަވެސް އެ މާރާމާރީގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު