ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އިސްމެޖިސްޓްރޭޓް ފަތުހުﷲގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަން ފެށީ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއްގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް ޖޭއެސްސީން މިއަދު ބުނީ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ގަޒިއްޔާއެއްގެ އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވެފައިވީ ނަމަވެސް، އެ ގަޒިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓުގެ ބަހުން އެނގޭތީ އާއި، އެ ގަޒިއްޔާގައި އިސްމެޖިސްޓްރޭޓް އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 8 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު