ތަމްރީނު ޕްރޮގްރާމަކަށް އެމްއެންޑީއެފުން ހަތިޔާރާއެކު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ތަމްރީނަކީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި އެމްއެންޑީއެފްއާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނެއް ކަމަށެވެ.
އެ ތަމްރީނު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަންނަ މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ އެ ތަމްރީނުތަކުގައި ހަތިޔާރާއެކު މާލޭ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ ތަމްރީނު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ އާއި ހުޅުމާލޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު