ޚަބަރު

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މުހައްމަދު އިޝާން

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ، 16:42 އެހާކަންހާއިރު ގިޔާސުއްދީން ސްކޫލްކައިރީގައި މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މާރާމާރީ ހިންގާފައިވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީގައި އަނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ. ހާދިސާއާ ގުޅޭ މައުލޫމާތު އެއްކޮށް ސާފުކުރުމަށްފަހު މީޑިއާ ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާގެ މައުލޫމާތު ހޯދަން އައިޖީއެމްއެޗުގެ މީޑިއާއަށް ގުޅައި މެސެޖުކުރުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެމީހާގެ ބުރަކަށްޓަށެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.