މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ތާއީދު ހޯއްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފިއެވެ.
ރައީސް ސޯލިހު ޑޯޓްޑޯ ކެމްޕެއިން މާލޭގައި ފައްޓާފައިވަނީ މިއަދު ހަވީރު 4:00 ގައި މާފަންނު އަހުގަސްދޮށުގެ ކައިރިންނެވެ. ރައީސް ސޯލިހު ޑޯޓްޑޯ ފެއްޓެވީ މާފަންނު އުތުރު ދާއިރާ އިންނެވެ.
ރައީސް ވަނީ މިއަދު އެ ދާއިރާގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ޑޯޓުޑޯ ހަރަކާތުގައި ރައީސާއެކު ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާ އިރު، ރައީސް ވަނީ ކެމްޕެއިނަށް އަތޮޅުތަކަށްވެސް ވަޑައިގެންފައެވެ. އެގޮތުން ރ. އަތޮޅާއި ޅ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި އެއަތޮޅުގެ ރަށްތަކަށް ވަޑައިގެން ރައީސް ވަނީ ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ރައީސް ސޯލިހްގެ ވާދަވެރި ކެނޑިޑޭޓް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ. ނަޝީދުވެސް އަންނަނީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ޑޯޓުޑޯ ޖައްސަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު