ވަޅިއަކުން ހަމަލާދީ ހއ. ތަކަންދޫ އިބްރާހީމީ ހިޔާ ނަދީމު އަބުދުއްރަހީމް މަރައިލި މައްސަލައިގައި، ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައަކީ، އިތުރު ބަޔަކާއެކު 2017 ޖުލައި 27 ވަނަ ދުވަހުގެ 18:24 އެހާކަންހާއިރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭ ތެރޭގައި، ނަދީމު ހުއްޓައި، ތިން ސައިކަލުގައި މި މީހުން އެތަނަށް ގޮސް ޓާމިނަލް ކެފޭ ތެރެއަށް ވަދެ ނަދީމުގެ ބޮލުގެ ވާތް ފަރާތުގެ ކަންފަތާ ދިމާލަށް ހަ އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް 2017 ޖެލައި 20 ވަނަ ދުވަހުގެ 17:12 އެހާކަންހާއިރު ނިޔާވެފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ.
އޭގެ ތެރެއިން މާލެ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސެއިން ސަލީމްގެ މައްޗަށް ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަދި ލ. ގަން ވިދާތަރި އަލީ ނިފާޒާއި އަދި ރ. އިންނަމާދޫ ސަމަންތާ ހުސެއިން ޝާމީންގެ މައްޗަށް ވެސް ދައުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ.
މަފާޒުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ، ނަދީމު ޓާމިނަލް ކެފޭ ތެރޭގައި ހުއްޓައި ތިން ސައިކަލުގައި މި މީހުން އެތަނަށް ގޮސް މަފާޒާއި އިތުރު މީހަކު، ޓާމިނަލް ކެފޭ ތެރެއަށް ވަދެ މަފާޒު، ނަދީމުގެ ބޮލުގެ ވާތް ފަރާތުގެ ކަންފަތާ ދިމާލަށް ވަޅިއަކުން ހަމަލާ ދިން މައްސަލައިގައެވެ.
ޝާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ނަދީމަށް ހަމަލާ ދިނުމުން މަފާޒު ގޮވައިގެން އެ ސަރަހައްދުން ގޮސްފައިވާތީ އާއި މަފާޒު ޓާމިނަލް ކެފޭއަށް ދަތުރުކުރި ސައިކަލް ދުއްވަން އިނީ އޭނާ ކަމަށްވާތީ މި އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.
ނިފާޒުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ނަދީމަށް ހަމަލާދިން މަފާޒާއެކު ކެފޭއިން ނުކުމެގެން ގޮސްފައިވާތީ އާއި މި އަމަލު ހިންގުމުގައި އޭނާވެސް ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.
ކަރަމް މައްޗަށް ދައުވާކުރީ މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނާއެކު އޭނާވެސް ސައިކަލުގައި އެތަނަށްގޮސް މި އަމަލު ހިންގުމުގައި ބައިވެރިވި ކަމަށް ބުނެއެވެ.
މި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު