މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 05:43 ހާއިރު ކަމަށާއި ރިޕޯޓް ލިބުމާއެކު ފަޔާމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ.
އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާމަނުންނާއި އެމްއޭސީއެލްގެ ފަޔާމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން 07:35 ހާއިރު ކޮންޓްރޯލް ކުރެވުނުއިރު، ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލް ކުރެވުނީ ހެނދުނު 08:30 ހާއިރު ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، ނީލަން ފިހާރައިގައި ރޯވި އަލިފާން އިތުރަށް ފެތުރި އެތަނުގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބާ ކުއާޓަރެއްގައިވެސް އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ލޭބާ ކުއާޓަރުގައި ރޯވި އަލިފާން ކޮންޓްރޯލް ވުމުން، ފަޔާމަނުން އެތަނަށް ވަދެ ބެލި ބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށްވެސް ބުންޏެވެ.
ލޭބާ ކުއާޓަރުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 165 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ އެކަކު ދިރިއުޅެމުން ދިޔައެވެ. އެ އެންމެންނަކީވެސް މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ އެ ކައުންސިލްގެ މުވައްޒަފުންނެވެ. އެ މީހުން މިހާރު ވަނީ އިމާދުއްދީން ސްކޫލުގެ ވަގުތީ ހިޔާއަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު