މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަކީ މަސްވެރިންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ވަންނަ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާ ވާހަކައަށް ރައްދުދެއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާގެ ތެރެއަށްވެސް ވަންނަ ކަމަށް ވިދާޅުވެ ފާޑުކިޔައިފައެވެ.

ބ. އޭދަފުށީގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ،

އަމިއްލަ މީހުންގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމަކީ އެއްގޮތަކަށްވެސް ކުރަން ރަނގަޅުކަމެއް ނޫން ކަމަށެވެ.

އެގޮތުން މަސްވެރިކަމަކީ އަދި އަމިއްލަ ވިޔަފާރިއަށް ދޫކޮށްލައިގެން އޭގެ ރަނގަޅު ފައިދާ މަސްވެރިންނަށް ލިބެން އޮތް ކަމެއް ނޫން ކަމަށާއި އެހެންކަމުން މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އެތައް ކަމެއް އަދި އެތައް މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް ގެންދަމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދު ބައެއް ފަހަރު ދައްކަވާ ވާހަކަތަކާ ދޭތެރޭގައި ވިސްނާލަންޖެހޭ ކަމަށެވެ.