ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަން މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ސަރަހައްދެއް ބަލައި ފާސްކޮށް ޖުމުލަ 11.26 ކިލޯގެ ކެނިބިސް އަތުލައިގެންފައިވާ ކަމަށެވެ.
އަދި އެ މަސްތުވާތަކެއްޗާ އެކު ތުހުމަތުކުރެވޭ ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ އެ ޓުވީޓާއެކު އާއްމު ކުރައްވާފައިވާ ފޮޓޯތަކުގައި މަސްތުވާތަކެތި އަޅާފައި ހުރީ ޕްލާސްޓިކް ކޮތަޅުތަކަށެވެ. އަދި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ފިލްމް ހުސްކުރި 26 ދަޅުވެސް ފެނެއެވެ.
މި ފަހަކަށް އައިސް ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު