ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ ދަށުން ރިވެޓްވެންޓް ޖެހުމުގެ 88 ޕަސަންޓް މަސައްކަތް އަދި ބޭރުތޮށިލުމުގެ 25 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 6 އޭޕްރިލް 2021ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މަޝްރޫއުގެ އަގަކީ 19.4 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި 138،247 މީޓަރުގެ ސަރަހައްދެއް ލެވެލް ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.