އިޓަލިއަން ސެރެއާ އޭގެ މެޗުތައް ގަތަރު ވޯލްޑް ކަޕް 2022 އަށްފަހު އިއްޔެ ފަށާފައިވާ އިރު، އޭސީ މިލާނާއި އިންޓަ މިލާނުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
އޭސީ މިލާނުން ރަށުން ބޭރުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސެލާނިޓާނާ ކައިރިން 2-1ގެ ނަތީޖާއަކުން މޮޅުވި އިރު، އަމިއްލަ ދަނޑުގައި ކުޅެ އިންޓައިން ރޭ، ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެއީ ލީގުގައި އެ ޓީމަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ.
ނަޕޯލީން މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓާ އެކުގައެވެ. އޭސީ މިލާނުން ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކު 36 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތީ ރޭ 1-0 އިން ކްރެމޮނީސް ބަލިކުރި ޔުވެންޓްސްއެވެ. ޔުވެންޓަސްއަށް ވަނީ 16 މެޗުން 34 ޕޮއިންޓް ލިބިފައެވެ. ހަތަރުވަނައިގައި އިންޓައިން އޮތީ 16 މެޗުން 33 ޕޮއިންޓާ އެކުގައެވެ.
އޭސީން ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ޕޯޗުގަލްގެ ރަފޭލް ލެއާއޯ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ލެއާއޯގެ ގޯލަކީ ސެލާނިޓާނާއަށް ވޯލްޑް ކަޕް ފަހުން ގެންދިޔަ މެކްސިކޯގެ ގޯލްކީޕަރު ގުއިލާމޯ އޮޗޮއާ ކައިރިން ނައްޓުވާލައި ޖެހި ހިތްގައިމު ގޯލެކެވެ.
އޭގެ ފަސް މިނެޓް ފަހުން، ސަންޑްރޯ ޓޮނާލީ ޖެހި ގޯލުން އޭސީން ލީޑު ފުޅާކުރި އިރު، ސެލާނިޓާނާގެ ގޯލު ޖެހީ ފެޑެރީކޯ ބޮނަޒޯލީއެވެ.
އިންޓައިން ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު ނަޕޯލީން ވަރުގަދަކޮށް ފަށައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އިންޓައިން ހަމަލާތައް ތަނަވަސްކުރިއެވެ. ފެޑެރީކޯ ޑިމާކޯ އާއި ޑާމިއަން އަދި ރޮމެލޫ ލުކާކޫއަށް ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔައިރު، ނަޕޯލީއަށް މާބޮޑު ފުރުސަތެއް ނުދީ، ދެވަނަ ހާފުގައި އިންޓައިން ލީޑު ނެގިއެވެ.
ޑިމާކޯ ބޮލުން އޭރިއާ ތެރެއިން ޖައްސައިލި ބޯޅަ ގޯލަށް ވައްދާލައި އިންޓައަށް މޮޅު ހޯދައިދިނީ އެޑެން ޒެކޯއެވެ. އޭގެ ފަހުން އިންޓައިން ނަޕޯލީ ހިފަހައްޓައި ރަނގަޅަށް ޑިފެންސްކޮށް ތިން ޕޮއިންޓް ޔަގީންކުރިއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ