އިޓަލިއަން ސެރެއާ އޭގައި ރޭ ޔުވެންޓަސްއާއި އޭސީ މިލާން ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ރޭގެ މެޗަށް ނުކުތްއިރު ޔުވެންޓަސްއާއި މިލާނުންވެސް އޮތީ ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ރޭ ޕޮއިންޓެއް ހޯދި އިރު، އެޓީމުން ގޯލް ޖެހީ އެންމެ ފަހުވަގުތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްއިން ބޮޑަށް ޑޮމިނޭޓް ކުރި އިރު، އެޓީމަށް ލީޑު ނެގިޔަނުދީ ހިފެހެއްޓީ މިލާންގެ ކީޕަރު މައިކް މައިންޔޮންއެވެ. ފްރަންސިސްކޯ ކޮންސޭސާއޯއާއި ކޯލޯ މުއާނީގެ އިތުރުން ޑަގްލަސް ލުއިޒް ފޮނުވާލި ހަމަލާތައްވެސް މައިކް މަތަކުރި އިރު، މިލާނުން ދެވަނަ ހާފުގައި ލީޑު ނެގިއެވެ.
ޔުވެންޓަސްއިން މެޗު ޑޮމިނޭޓް ކުރަމުން ދަނިކޮށް އޮއެވަރާ ދެކޮޅަށް މިލާނަށް ލީޑު ނަގައިދިނީ އަލްފާޖޯ ސީސޭއެވެ. އެއީ މި ސީޒަނުގައި ޔުވެންޓަސް ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
މެޗު އެ ނަތީޖާގައި ނިމެން ދަނިކޮށް އެންމެ ފަހު ސިކުންތުކޮޅުގައި އެއްވަރުކޮށްދިނީ ބަދަލަކަށް ނުކުތް ފެޑެރީކޯ ގަޓީއެވެ. އެ ނަތީޖާއާއެކު މިލާން ކޯޗު ރުބެން އަމޯރިމް ތާރީހީ މޮޅަކަށް ކުރަމުންދިޔަ އުންމީދު ގެއްލުނެވެ.
ރޭގެ މެޗުން އޭސީ މިލާން މޮޅުވިނަމަ، އަމޯރިމް ވެގެންދަނީ 1958 ވަނަ އަހަރު ފަހުން އެޓީމު ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުކޮށްދިން ފުރަތަމަ ކޯޗަށެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
ކޮމެންޓް