އިޓަލީ ލީގުގައި އެންމެފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ނަޕޯލީ ކައިރިން މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި އިންޓައިން ރޭ ނަޕޯލީ ބަލިކުރީ ފަހަތުން އަރައި ތިން ގޯލް ޖަހައިގެން 3-2 ގެ ނަތީޖާއަކުންނެވެ. އިންޓައިން މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، ނަޕޯލީން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ރޭގެ މެޗަށް އެޓީމުން ނުކުތީ ކޯމޯ ކައިރިން ބަލިވެފައި އޮވެގެންނެވެ.
މެޗުގެ ފަސް ގޯލްވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި އިންޓައަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވެއެވެ. ހާފު ނިމެން ދަނިކޮށް ފެޑެރީކޯ ޑިމާކޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އެ ފުރުސަތާއެކު އިންޓައިން ރަނގަޅަށް ހާފު ނިންމާލި ނަމަވެސް ނަޕޯލީން ދެވަނަ ހާފަށް ނުކުތީ ގަދަކޮށެވެ.
ހާފުގެ ކުރީކޮޅުގައި މަޓެއޯ ޕޮލިޓާނޯ ނަޕޯލީއަށް ލީޑު ނަގައިދިން އިރު، އެ ގޯލް ޖެހީ އިންޓައިން ފަހަތުން ކުޅެން މަސައްކަތްކުރި ބޯޅައެއް ހޯދައިގެންނެވެ. އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ ބްލޮކްވި ނަމަވެސް ރިބައުސްގައި ޕޮލިޓާނޯ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ރަސްމުސް ހޮއިލުންޑް ވަނީ ނަޕޯލީއަށް ދެވަނަ ގޯލް ޖަހައިދީފައެވެ.
ނަޕޯލީން ދެވަނަ ގޯލަކާއެކު ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް، 56 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ވަނީ އިންޓައަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އެއީ ޑިމާކޯގެ ބޯޅައަކުން ޖަހައިދިން ގޯލެކެވެ. އޭގެ އިރުކޮޅެއްފަހުން މާކަސް ތުރާމްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، 82 ވަނަ މިނެޓުގައި އޭނާ ވަނީ އިންޓައަށް އެއްވަރު ކޮށްދީފައެވެ.
އިންޓައިން މޮޅުވި ގޯލް ޖެހީ އިތުރު ވަގުތުގެ ތެރޭގައެވެ. މާޓިނޭޒް އެ ގޯލް ޖެހީ އޭރިއާ ތެރެއިން މެނުއަލް އަކާންޖީ ބޮލުން ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
ކޮމެންޓް