މި ސީޒަނަށް އޭސީ މިލާނާ ހަވާލުވި ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން އެ ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ޓޮރީނޯ ކައިރިން ރަށުން ބޭރުގައި މޮޅުވެއްޖެއެވެ.

މިލާނުން ރޭގެ މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިލާނުން މިފަހަރު އާ ކޯޗު އަމޯރިމްއާއެކު ސީޒަނަށް ނުކުމެފައިވާ އިރު، އޭނާ މިދިޔަ ސީޒަން ފެށީ މެންޗެސްޓާ ޔުނައިޓެޑާ އެކުގައެވެ. އޭގެ ކުރިން ސްޕޯޓިން ލިސްބަންއާއެެކު ކާމިޔާބީތަކެއް ހޯދި އަމޯރިމްއަށް ޔުނައިޓެޑުގައި ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނު އިރު، ސީޒަން ތެރެއިން އޭނާ ކްލަބުން ފޮނުވާވެސްލިއެވެ.

މިލާނުން ރޭގެ މެޗު ފެށީވެސް ރަނގަޅެވެ. އެޑްރިއަން ރެބިއޯއާއި އަލްފާޖޯ ސީސޭގެ ހަމަލާތައް ފެނުނު އރު، ރުބެން ލޮފްޓަސް-ޗީކާއި ޕާވިސް އެސްޓުޕީނަންގެ ހަމަލާތައްވީ ބްލޮކެވެ. އަދި ހާފު ނިމުމުގެ ކުރިން ސެމުއަލް ޗުކުވޭޒޭ ފޮނުވާލި ހަމަލާ ޓޮރީނޯގެ ކީޕަރު ޑިއޭގޯ މަސްކާޑީ މަތަކުރިއެވެ.

ދެވަނަ ހާފުގައި ލޫކާ މޮޑްރިޗް ކުޅެން ނެރެފައިވާ އިރު، ދެވަނަ ހާފުގައި މިލާނުން ފުލުފުލުގައި ދެ ގޯލް ޖެހިއެވެ. އެ ގޯލްތައް ޖެހީ ރެބިއޯއާއި ސީސޭއެވެ.

މެޗުގައި ޓޮރީނޯއިން ޖެހި ހަމައެކަނި ގޯލް ޖެހީ ޗޭ އެޑަމްސްއެވެ. އެއީ އެންމެ ފަހުވަގުތުއެވެ.