ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ސެޓްލްމަންޓް ޓޭންކް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ފެންހިންދާ ޓޭންކް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ސެޓްލްމަންޓް ޓޭންކް ހަރުކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 4 ނޮވެމްބަރު 2021ގައެވެ.

ޖުމުލަ 21.6 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަހައްދެއްގައި ސަބްގްރޭޑު، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރުން ހިމެނެއެވެ.