ފުލުހުންގެ އުޅަނދެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން "ވަން" އަށް މިރޭ ބުނީ މިރޭ 7:40 އެހާކަންހާއިރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކައިރީގައި ޕާކު ކޮށްފައި އޮތް ފުލުހުންގެ ވެހިކަލެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކާރުގައި ރޯވި އަލިފާން ގިނައިރުތަކެއް ނުވަނީސް ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ކަމަށެވެ.

ކާރުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.