ސިނަމާލެ ބްރިޖްމަތީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖް ޓްރެފިކް ލައިޓް ކައިރިން ކާރަކާއި ސައިކަލެއް ޖެހި މިއަދު 14:30 ހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާގައި މަރުވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު