ގަތަރު ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލުގައި ފްރާންސާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

  • ފްރާންސް
  • އެންމެފަހުގެ ޗެމްޕިއަން ފްރާންސް ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާއި ޑެންމާކް ބަލިކުރި
  • އެޓީމުން ބަދަލުތަކާއެކު ނުކުތް މެޗުގައި ޓިއުނީޝިއާ ބަލިކުރި
  • ގަދަ 16 ގައި ފްރާންސް ވަނީ ޕޮލެންޑް ބަލިކޮށްފައި
  • ފްރާންސަށް މުބާރާތުގައި އެންމެ މޮޅަށް ކުޅެމުން ދަނީ އެމްބާޕޭ
  • އޭނާ ވަނީ މިހާތަނަށް ފަސް ގޯލް މި ވޯލްޑް ކަޕްގައި ޖަހައިފައި
  • ފްރާންސް ސެމީއަށް ދިޔައީ ކުއާޓާގައި އިންގްލެންޑް ބަލިކޮށްފައި
  • އެ މެޗުން ފްރާންސް މޮޅުވީ 2-1 އިން
  • ފްރާންސްއަކީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން
  • މޮރޮކޯ
  • މޮރޮކޯއަކީ މިފަހަރު ވޯލްޑް ކަޕްގައި ގިނަ ބަޔަކު ހައިރާން ކޮށްލި ޓީމެއް
  • ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކުރި
  • އަދި ބެލްޖިއަމް 2-0 އިން ބަލިކޮށް، މޮރޮކޯ ގަދަ 16 ޔަގީން ކުރީ ކެނެޑާ ބަލިކޮށްފައި
  • އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި
  • މޮރޮކޯ ގަދަ 16 ގައި ޕެނަލްޓީގައި ސްޕެއިން ކަޓުވާލި
  • މޮރޮކޯގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި ޕޯޗުގަލް ބަލިކޮށް ސެމީއަށް ދިޔަ
  • މޮރޮކޯއަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭ އެފްރިކާގެ ފުރަތަމަ ގައުމު
  • މޮރޮކޯ - ވަލީދު ރަކްރާކީ

"އަހަރެމެން މިކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް. ދުނިޔޭގެ ފެންވަރުގެ އެތައް ކުޅުންތެރިންނަކާ ދެކޮޅަށް. އަދި އެހާމެ މޮޅު ކޯޗަކާވެސް ދެކޮޅަށް. އެކަމަކު ފުދިގެން ތިބެ މެޗަށް ނުކުންނަ ވިސްނުމެއް ނުގެންގުޅޭނަން. ބޭނުންވަނީ ހިތްވަރު ދައްކައި ފްރާންސްވެސް މާޔޫސްކޮށްލަން. ވޯލްޑް ކަޕް ފައިނަލަށް ދާން ނުވިސްނަންވީ ކީއްވެ؟ އެ ހުވަފެން ދެކުމަކުން ގެއްލޭނެ އެއްޗެއް ނެތް. ޓީމުން އެކަމަށް ބޭނުންވެފަ މިއޮތީ. އެކަމަކުވެސް މޮރޮކޯއަކީ ފެވަރިޓުން ނޫންކަން އަހަންނަށް އެނގޭ. އެހެންވިޔަސް ވަރަށް ކޮންފިޑެންސާއެކު މިތިބީ. އަހަރެމެން ބޭނުންވަނީ ފައިނަލް، އެއީ އެފްރިކާއާއި އަރަބި ދުނިޔޭގެވެސް ހައްގުގައި،"

  • ފްރާންސް - ޑިޑިއޭ ޑިޝޭމްޕްސް

"މޮރޮކޯގެ ޑިފެންސަކީ ވޯލްޑް ކަޕްގެ އެންމެ ވަރުގަދަ ޑިފެންސް. އަހަރެމެންނަށް ގޯލެއް ޖެހުމަށް މޮރޮކޯގެ ޑިފެންސް ފޫއަޅުވައިލެވެނޭ ގޮތެއް ހޯދަން ޖެހޭނެ. އެކަމަކު ސަމާލުކަން ދޭން އޮތީ މޮރޮކޯގެ ޑިފެންސަށް އެކަންޏެއް ނޫން. އެޓީމު އެހެން ހުރިހާ ގޮތަކުންވެސް ވަރަށް ވަރުގަދަ. އެހެން ނޫންނަމަ ސެމީއަކަށް ނާންނާނެ. އަހަރެންގެ ސްކޮޑުގެ ނަތީޖާއަކީއަކީވެސް ހައިރާންވާން ޖެހޭ ކަމެއް ނޫން. މި ޓީމުގެ ތަފާތު އަހަންނަށް ފެނިފައި އޮތީ، ޓީމު އެކުވެ އުޅޭ އުޅުން. ބައެއް ކުޅުންތެރިންނަކީ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޫން ނަމަވެސް، ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޓީމު އޮތީ ތަފާތު ރޫހެއްގައި. ނަތީޖާއިން ދައްކުވައިދެނީ ޓީމުގެ އެކުވުން،"