ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، މިރޭ 22:30 ހާއިރު ހުޅުމާލޭ އެމްޑަބްލިޔުއެސްސީއާ ދިމާލު ހައިވޭ ކައިރިން ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގައިގެން އުޅޭ ސީނަށް ފުލުހުން ދިޔައިރު 45 އަހަރުގެ ދިވެހި ފިރިހެނެކަމަށް އަނިޔާވެގެން އުޅޭތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެމީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއްް ފުލުހުންގެ މީޑިއާ އޮފިޝަލް ނުދެއްވައެވެ.

އެ އެކްސިޑެންޓްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.