ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި އިންގްލެންޑާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
- އިންގްލެންޑް
- އިންގްލެންޑް ގްރޫޕް ސްޓޭޖުގައި އިރާނާއި ވޭލްސް ބޮޑު ތަފާތަކުން ބަލިކުރި
- އެޓީމުން ގްރޫޕް ސްޓޭޖުގައި ބަލިނުވެ ނިންމާލީ އެމެރިކާއާ އެއްވަރު ކޮށްގެން
- އިންގްލެންޑް ގަދަ 16 ގައި ސެނެގާލް ކަޓުވާލި ފަސޭހަ މޮޅަކުން
- ފްރާންސް
- އެންމެފަހުގެ ޗެމްޕިއަން ފްރާންސް ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާއި ޑެންމާކް ބަލިކުރި
- އެޓީމުން ބަދަލުތަކާއެކު ނުކުތް މެޗުގައި ޓިއުނީޝިއާ ބަލިކުރި
- ގަދަ 16 ގައި ފްރާންސް ވަނީ ޕޮލެންޑް ބަލިކޮށްފައި
- ފްރާންސަށް މުބާރާތުގައި އެންމެ މޮޅަށް ކުޅެމުން ދަނީ އެމްބާޕޭ
- އޭނާ ވަނީ މިހާތަނަށް ފަސް ގޯލް މި ވޯލްޑް ކަޕްގައި ޖަހައިފައި
- މިހާތަނަށް 31 މެޗެއްގައި އިންގްލެންޑާއި ފްރާންސް ވާދަކުރި
- އޭގެ ތެރެއިން 17 މެޗެއް އިންގްލެންޑް ކާމިޔާބުކުރި
- ފްރާންސުން ނުވަ މެޗަކުން މޮޅުވި އިރު، އެއްވަރުވީ ފަސް މެޗެއް
- މީގެ ކުރިން ވޯލްޑް ކަޕްގައި އިންގްލެންޑާއި ފްރާންސް ވާދަކުރީ ގްރޫޕް ސްޓޭޖުގައި
- 1966 ވަނަ އަހަރު އިންގްލެންޑުން ވޯލްޑް ކަޕް ހޯދި އަހަރު، އެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑުން ފްރާންސް ބަލިކުރި
- އޭގެ ފަހުން 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް އިންގްލެންޑުން ފްރާންސް ބަލިކުރި
- އެންމެފަހުން ދެގައުމު ކުޅުނީ 2017ގެ އެކުވެރިކަމުގެ މެޗެއްގައި
- އެ މެޗު ފްރާންސުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022